ދުނިޔެއިން މަދުން ނޫނީ ނުފެންނަ ވައްތަރުގެ "އުދުހޭ މަހެއް" ރާއްޖޭގެ ކަނޑުގެ ސަރަހައްދުން، ރާއްޖޭގެ މަސްވެރިއަކު ބާނައިފިއެވެ.

މިއަދު ދިވެހި މަސްވެރިޔަކު ބާނާފައި ވަނީ "ފްލައިން ގާނެޑް" އާއިލާ އަށް ނިސްބަތްވާ މަހެކެވެ.

ދިވެހި މަސްވެރިންގެ ޕޭޖުން ވަނީ އެ މަހުގެ ފޮޓޯއެއް މީސްމީޑިއާގައި އާއްމުކޮށްފައެވެ. އަދި އެ މަހުގެ ފޮޓޯތަކަށް ވަނީ ގިނަ ބަައެއްގެ ސަމާލުކަމަށް އައިސްފައެވެ. 

"ފްލައިން ގާނެޑް" އާއިލާ އަށް ނިސްބަތްވާ މަސްތަކަކީ ދޫނީގެ ފިޔަ ހުންނަ ގޮތައް ކޮތަރި ހުންނަ މަހެކެވެ. މި ބާވަތުގެ މަސްތައް އާންމުގޮތެއްގައި ފެންނަނީ ހޫނު ގަދަ ސަަރަހައްދުތަކުންނެވެ. 

"ފްލައިން ގާނެޑް" އާއިލާ އަށް ނިސްބަތްވާ މަސްތައް އެންމެ ބޮޑު ވަނީ 20 އިންޗިއަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.