އިއްޔެ ހަވީރު ވަގުތެއްގައި ހުޅުމާލެ ސެންޓަރަލް ޕާކް ކައިރި ހުންނަ ބަގީޗާ ހިނގުމުގައި ޖާހް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ހަދަމުންދިޔަ އިމާރާތެއްގެ މަތިން ސިމެންތި ބަސްތައެއް ވެއްޓި ބޮލުގައި ޖެހިގެން ބިދޭސީއެއް މަރުވި ކަމަށް ދެންނެވުނީ މައުލޫމާތުގެ ކުށަކުން ކަމަށާއި، އެމީހާގެ ބޮލަށް ވެއްޓުނީ ބޮޑު ޖަމްބޯ ބޭގެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެމީހާ ބޮލަށް އެ ހަދަމުންދިޔަ އިމާރާތް މަތިއެ އިމާން ވެއްޓިފައިވަނީ، ބައިވަރު ސިމެންތި ބަސްތާތަކެއް އަޅާފަ ޑަބަލްކޮށް ޖަހާފައި ހުރި ޖަމްބޯ ބޭގެއް ކަމަށެވެ.

އެ ހާދިސާގައި މަރުވެފައިވަނީ، އެ އިމާރާތްކުރުމުގައި މަސައްކަތް ކުރާ 24 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. މި މައްސަލަ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އެ އިމާރާތުގައި މިދިޔަ ހަފްތާ ވަނީ ލިފްޓެއްގެ ކޭބަލް ކަނޑާއިގެން ގޮސް، ވެއްޓި ހަމަ އެތާނގައި މަސައްކަތް ކުރާ ބިދޭސީއަކަށް އަނިޔާވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.