މާފަންނު ގެއެއްގެ ހަތަރުވަނަ ފަންގިފިލާއިން އުމުރުން ދުވަސްވީ މީހަކު ވައިގޮޅިއަށް ވެއްޓި، ސީރިއަސް އަނިޔާތަކެއްވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 1:33 ހާއިރު ކަމަށާއި އަންހެން މީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މި ހާދިސާގައި އަންހެން މީހާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް، ކަނާތު ފަލަމަސްގަނޑާއި ހަމައިން ބިނދިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ވާތު ކުޑަހުޅުން ބިދިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ވައިގޮޅިއަށް ވެއްޓިފައިވަނީ އުމުރުން 76 އަހަރުގެ ދިވެހި އަންހެނެކެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.