އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަންގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 38 މުވައްޒަފަކު ބައިވެރިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މުއައްވިޒު ރަޝީދު ދެއްކެވި ވާހަކަތައް ބީއެމްއެލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން ހެދި ހާއްސަ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން ސުވާލުކުރުމަށް އިއްޔެ އޭސީސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކޮށް އެ ކޮމެޓީގައި އަމާޒުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ޗެކުތައް އެސްއޯއެފްގެ އެކައުންތަކަށް ޖަމާކޮށްފައިވަނީ ބީއެމްއެލްގެ މުވައްޒަފުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮވެގެން ކަމަށާއި އެކަމުގައި ބޭންކްގެ އެންމެ ދަށް ފަންތީގެ މުވައްޒަފުންނުން ފެށިގެން މެނޭޖުމެންޓާއި ބޯޑް މެންބަރުންނާއެކު 38 މީހުން ޝާމިލުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އެ ވާހަކަތަކާ ގުޅިގެން ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްޕީއާރުސީ ކޮރަޕްޝަނުގައި އެ ބޭންކުގެ މުވައްޒަފުންތަކެއް ޝާމިލުވެފައިވާކަމަށް ދޭހަވާގޮތަށް ދެކެވުނު ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. 

މީގެ އިތުރުން އެމްއެމްޕީއާރުސީ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދެމުންދަނިކޮށް، ފުރިހަމަނުވާ ތަހުގީގަކާއި ގުޅިގެން ހަގީގަތާއި ހިލާފު މައުލޫމާތެއް ހާމަކުރުމުން އެކަން ކުށްވެރިކުރާ ކަމަށެވެ.

އެ މައްސަލާގައި މިހާތަނަށްކުރި އޮޑިޓުތަކުގައި ބޭންކުގެ އެއްވެސް މުވައްޒަފަކު ގާނޫނުތަކާއި ނޫނީ އުސޫލާ ހިލާފަށް އެއްވެސް ކަމެއްކޮށްފައިވާ ކަން ފާހަގަވެފައިނުވާކަމަށް ބޭންކުން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.