ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި މީހަކު މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރި ބަގީޗާ ހިނގުމުގައި ޖާހް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ސިމެންތި ގޯންޏެއް މީހެއްގެ ބޮލަށް ވެއްޓިގެން މިއަދު 17:25 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި މަރުވެފައިވަނީ އެ ސައިޓުގައި މަސައްކަތް ކުރަމުން އަންނަ 24 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ފުލުހުން އަންނަނީ ތަހުޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.