އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ އަރީފާއި އާދަމް މުހައްމަދު އަބްދުﷲއާ ގުޅޭ ދެ މައްސަލައެއް ޖޭއެސްސީއިން ބަލަން ނިންމައިފި އެވެ. 

ތިން ފަނޑިޔާރުންނާ ގުޅޭ ޝަކުވާގެ ތަފްސީލް ޖޭއެސްސީއިން ދީފައިނުވީ ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ އެކެއް ފެބުރުއަރީ އަމުރާ ގުޅިގެން ހުރި ޝަކުވާތަކެކެވެ

ފަނޑިޔާރު އަބްދުﷲ އަރީފާއި، ފަނޑިޔާރު އާދާމް މުހައްމަދު އަބްދުﷲ އާއި ގުޅޭ ދެ މައްސަލައެއް ތަހުޤީޤު ކުރަން ނިންމީ މިއަދު ބޭއްވުނު ކޮމިޝަންގެ 43 ވަނަ ބައްދަލުވުމުގައެވެ.

މައްސަލަ ބަލަން ނިންމި ފަނޑިޔާރުންގެ ތެރެއިން އަބްދުﷲ އަރީފަކީ ޖޭއެސްސީގެ ރައީސްވެސް މެއެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ޖޭއެސްސީއިން ވަނީ ހަތް މެންބަރުން ހިމެނޭ ކޮމެޓީއެއް އެކުލަވާލާފަ އެވެ.

މީގެކުރިން ވެސް ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް އާންމުކޮށް ހުޅުވާލައިގެން ތަހުގީގުކޮށްފަ އެވެ. އެ މައްސަލަ ތަހުގީގު ކުރި ކޮމެޓީއިން ރިޕޯޓް އެކުލަވާލައި ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކި ކުރަން ހުށަހަޅަން ވަނީ ލަފާ ދީފަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.