ޑިޒްނީން ދެން އެންމެ އަވަހަށް ރިލީޒްކުރުމަށް ހަމަޖެހިފައިވާ ލައިވް-އެކްޝަން ފިލްމު "ލަޔަން ކިންގް" ގެ ސައުންޑްޓްރެކަށް ބިޔޯންސޭ ނޯލްސޭ ކިޔައިދިން ލަވަ "ސްޕިރިޓް" ގެ ޕްރޮމޯ ދައްކާލައިފިއެވެ.

އެގޮތުން، މިރޭގެ ވަގުތެއްގައި މި ލަވަ ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މި ފިލްމަށް ހާއްސަކޮށްގެން ނެރޭ އަލްބަމް "ދަ ލަޔަން ކިންގް: ދަ ގިފްޓް" ޕްރޮޑިއުސްކުރާނީ ބިޔޯންސޭ އެވެ.

މީގެ އޮރިޖިނަލް ފިލްމް މީގެ 23 އަހަރު ކުރިން ބެލުންތެރިންނާ ހަމައަށް ގެނެސްދިނީ ރޮޖާ އެލާޒް އާއި ރޮބް މިންކޮފްއެވެ. "ލަޔަން ކިންގް" އެނިމޭޓެޑް ފިލްމަކީ 2010 ވަނަ އަހަރުގައި "ޓޯއި ސްޓޯރީ 3" ރިލީޒް ކުރުމާ ހަމައަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެނިމޭޓެޑް ފިލްމްގެ ގޮތުގައި އޮތް ފިލްމެވެ.

މި ފަހަރުގެ ފިލްމުގައި ނާލާގެ ރޯލުން ބިޔޯންސޭ ފެނިގެންދާއިރު، އިތުރު ކާސްޓުންގެ ތެރޭގައި ޑޮނަލްޑް ގްލޯވާ، ސެތު ރޯގަން، ކީގަން-މައިކަލް ކީ އާއި ޖޯން އޮލިވާ އަދި އެރިކް އަންދްރޭގެ އިތުރުން ޗިވެތެލް އެޖިއޮފޯ އާއި ޖޭމްސް އާލް ޖޯންސް އަދި އަލްފްރޭ ވުޑާޑް ހިމެނެއެވެ.

ޑިޒްނީން 2016 ވަނަ އަހަރު ނެރުނު "ދަ ޖަންގަލް ބުކް" ގެ ޑައިރެކްޓަރު ޖޮން ފެވަރޯ ޑައިރެކްޓްކުރާ ފިލްމު "ލަޔަން ކިންގް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ.


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.