ދިވެހި މަސްވެރިންގެ ޝަކުވާތަކާއި އަޑު އެއްސެވުމަށް، ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ތިނަދޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދް ޖުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މަސް ކަނޑުތަކުގެ ނަފާ ދިވެހި މަސްވެެރިންނަށް އެންމެ ފުރިހަމަ ގޮތުގައި ހޯދަ ދިނުމަކީ މިހާރު މިހިނގާ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި، އެ އަމާޒު ހާސިލުކުރުމަށްޓަކައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ރައީސް ޞާލިހް، ތިނަދޫއަށް ވަޑައިގަތުމަށް ހަމެޖިފައިވާ ކަމަށެވެ.

ތިނަދޫއަށް ވަޑައިގަން ރައީސް ބައިވެރިވެވަޑައިގަންނަވާ މަޝްވަރާ ބައްދަލުވުމަށް ކިޔަނީ "ޖަޒީރާ ހޮޅުއަށި"އެވެ.

ރައީސް ތިނަދޫއަށް ޖަޒީރާ ހޮޅުއަށީގައި ބައިވެރިވަޑައިގަތުމަށް އެރަށަށް ދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.