ރާއްޖޭގެ ކެސިނޯ ނާޅާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމުން، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރުޅި އަތުވެއްޖެއެވެ.

މިއަދު މެންދުރު 11 ޖަހާއިރު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ، މިނިސްޓަރު އަލީ ވަހީދާއި، ރައްޖޭގައި ކެސިނޯ އެޅުމުގެ އެއްވެސް ވިސްނުމެއް ގެންގުޅޭތޯ އަހާ ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެކަހަލަ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.

ބަނގުރަލާއި އޫރު މަސް އިސްލާމް ދީނުގައި ހަރާމް އެއްޗަކަށްވާއިރު، ރިސޯޓުތަކުގައި އެ އެއްޗެހި ވިއްކަނީ ކީއްވެގެންތޯ ޖާބިރު ސުވާލުކުރެއްވުމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެކަން ކުރަނީ ގާނޫނުތަކުން އެކަން ކުރުމަށް ތަންދޭތީ ކަމަށެވެ. އަދި އެކަން ކުރަނީ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގެ ދަށުން ކަމަށެވެ.

ޖާބިރު ވަނީ މިއަދުގެ ކޮމެޓީގެ އެެ ބައްދަލުވުމުގައި މިނިސްޓަރަށް އަދި ރައީސަށްވެސް ފާޑުވިދާޅުވެފައެވެ. އަދި ނުރުހުން ފާޅުކޮށް އަޑު ގަދަކޮށްފައެވެ.  އެއަށްފަހު އެ ކޮމެޓީން އިސްތިއުފާ ދެއްވީ ކަމަށް ބުނެ ޖާބިރު ވަނީ ކޮމެޓީ ދޫކުރައްވާ ވަޑައިގަންފައެވެ.

މިއަދު ހެނދުނު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް ޖާބިރުވަނީ މަޖިލީހުގައި އަޑުގަދަކޮށް ހެއްދެވުމުން ނަން އިއްވުމަށް ފަހު މަޖިލީހުން ބޭރުކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.