ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރު ތެރޭގައި މެމްބަރު ތިއްބާވާ ގޮތުގެ ތަރުތީބަށް ބަދަލުގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގަވައިދުގައި މެމްބަރު މަޖިލިސް ތެރޭ ތިއްބަވާނެ ވަކި ތަރުތީބެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ނަޝީދު ވަނީ މަޖިލީހުގެ ތާރީހުވެސް ވަރަށް ބޮޑަށް މެމްބަރުންނަށް ކިޔައިދެއްވާފައެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އާންމު ގޮތެއްގައި މަޖިލިސްތަކުގައި މެމްބަރުން އިށީންދެ ތިއްބަަވަނީ އެއްޕާޓީއެއްގެ މެމްބަރުން އެއްދިމާލެއްގައި އަދި އެއިރެއްގައި އޮންނަ ސަރުކާރަކާއި އިދިކޮޅު މެމްބަރުން އެއާ އިދިކޮޅު ދިމާލެއްގައި ކަމަށެވެ.
ނަޝީދު ވިދާޅުވީ، ދުނިޔޭގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި މެމްބަރުން އިށީނދެގެން ތިއްބަވަނީ އެއް ޕާޓީއެއްގެ މެމްބަރުން އެއް ދިމާލެއްގައި ނުވަތަ ވާދަވެރިން އެހެން ދިމާލެއްގައި ކަމަށެވެ.