ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާއަދާކުރާ ފަރާތްތަކުގެ ޗުއްޓީއާ ދިމާވާގޮތަށް ސްކޫލްތަކުގެ ޗުއްޓީ ހަމަޖައްސަން އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެންނަން އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށެވެ.

މިހާރު އެކެޑެމިކް ކަލަންޑަރ އޮންނަ ގޮތުން ބޮޑު ޗުއްޓީ އަންނާނީ އަހަރުގެ  ފަހުކޮޅަށެވެ. ނަމަވެސް އެއީ ފަތުރުވެރިކަމުގެ އޮކިއުޕެންސީ އެންމެ މަތި ދުވަސްވަރެވެ. އެހެންކަމުން ގިނަ މުވައްޒަފުން ދަނީ އެ ދުވަސްވަރު ރިސޯޓުތަކުން ޗުއްޓީ ނުލިބޭ ކަމަށާއި އެެކަމުގެ ސަބަބުން ބޮޑު ޗުއްޓީގައި އާއިލާއާއި އެކު ވަގުތު ހޭދަނުކުރެވޭ ކަމުގެ ޝަކުވާ ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.