މާލެ އަތޮޅު ރަށެއްގައި ބައްޕައަކު އޭނާގެ ދަރިފުޅަށް ވަޅިން ބިރުދެއްކި މައްސަލައެއްގައި ބައްޕަ ހައްޔަރުކޮށްފިއެވެ.
"ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެމުން މި ހާދިސާ ހިނގި ރަށުގެ ކައުންސިލުން ބުނީ، އެފަދަ މައްސަލައެއް އެއިދާރާއަށް އިއްޔެ ހުށަހެޅުނު ކަމަށާއި، އަދި ކައުންސިލުން އެ މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމަކުން އެރަށަށް އައިސް ވަޅިން ބިރުދެއްކި ބައްޕަ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ބައްޕައަކު ވަޅިން ބިރުދައްކައިފައިވަނީ ކުޑަ ފިރިހެން ކުއްޖަކަށެވެ. މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.