ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެއުޅުނު ބޭރުގެ ހަތަރު މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފުން ބުނީ، އެ މަސްބޯޓުތައް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ވ. ފުލިދޫގެ އިރުން 140 ނޯޓިކަލް މޭލު ބޭރުން ކަމަށާއި، އެ މަސްބޯޓުތައް ފެނިފައި ވަނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ކަނޑުގެ ސަރަޙައްދުގައި މިމަހުގެ 8 އިން 10 އަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، އިންޑިއާގެ ކޯސްޓްގާޑް ގުޅިގެން ކުރިއަށްގެންދާ ޑޯނިއާ ފްލައިޓްގެ ސަވައިލަންސް ޕެޓްރޯލްތަކުގެ ތެރެއިން ކަމަށެވެ.

އަދި މި ހަތަރު މަސް ބޯޓް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ބެލުމުގެ ދަށުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުނެެއެވެ.

މީގެ ކުރިންވެސް ވަނީ އެތައް ފަހަރެއްގެ މަތިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރާ ބޭރުގެ ބޯޓު ފަހަރު އަތުލައިގަނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.