ރޭ ފުލުހުން ރާއްޖެ ގެނައީ ހާރަޖާގެ އަބްދުﷲ ލުތުފީ ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް ކުރިއެރުވުމަށް މަސައްކަތް ކުރައްވާ އުގައިލް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭ ރާއްޖެ ގެނައީ ލުތުފީކަމަށެވެ.

ރޭ ރާއްޖެ ގެނެއީ ލުތުފީކަން ޕްރޮފެސަރ އުގެއިން ކަށަވަރުކޮށްދެއްވީ، ފޭސް ރިކޮގްނިޝަން އަލްގްރޮތިމް ބޭނުންކޮށްގެނެވެ. އެ ޓެކްނޮލޮޖީއަކީ އެމެރިކާފަދަ ތަހުޒީބު ޤައުމުތަކުގައިވެސް މީހުން ދެނެގަތުމަށް ބޭނުން ކުރާ ޓެކްނޮލޮޖީއެކެވެ.

އުގައިލް މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ ރޭ ރާއްޖެ ގެނެއީ 3 ނޮވެންބަރ 1988 ގެ ހާއިނު ލުތުފީ ނޫން ކަމަށް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.