ހުޅުމާލޭ ހޮސްޕިޓަލްގެ ޑޮކްޓަރަކު އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ޖިންސީ ފުރައްސާރައިގެ ޝިކާރަައަކަށްވި އަންހެން މީހާ ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ބުނީ ފިޒިއޮތެރަޕިސްޓަކު އޭނާ އަށް ފުރައްސާރަ ކުރީ މިމަހުގެ ހަތަރު ވަނަ ދުވަހުގައި ކަމަށެވެ. އޭނާ ވަނީ ފިޒިއޮތެރަޕިސްޓްގެ ޝަކުވާ ހޮސްޕިޓަލަށް ހުށަހަޅާފައެވެ.
ހުޅުމާލެ ހޮސްޕިޓަލުން ވެސް ވަނީ އެފަދަ މައްސަލައެއް ބަލަމުންދާކަން ކަށަވަރުކޮށްދީފަ އެވެ. އެގޮތުން އެ ހޮސްޕިޓަލުގެ ސްޓާފް ޑެވެލޮޕްމަންޓު އެންޑް މެނޭޖުމަންޓް ކޮމިޓީން ދަނީ މައްސަލަ ބަލަމުން އަންނަ ކަމަށާއި މައްސަލަ ބަލާ ނިމުމުން ފިޔަވަޅު އަޅަން ޖެހޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
މި މައްސަލައިގައި ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.