ށ.ފޯކައިދޫ ސިއްހީ މަރުކަޒުގައި ހުރި ވަޅުގަނޑަކަށް ބަލި މީހަކު ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
އެ ހާދިސާގައި އަނިޔާ ވެފައި ވަނީ އަންހެނަކަށެވެ.
މިކަން ހިނގީ ރޭގެ ވަގުތެއްގައެވެ. ފޯކައިދޫ ސިއްހީ މަރުކަޒުގެ މެނޭޖަރުވިދާޅުވީ ޑޮކްޓަރަށް ދެއްކުމަށް ސިއްހީ މަރުކަޒަށް އައި ބަލި މީހަކު ވެއްޓުނީ މަސައްކަތެއް ކުރުމަށް ސިއްހީ މަރުކަޒުގެ ގޯތި ތެރޭގައި ކޮނެފައި ހުރި ވަޅުގަނޑަކަށް ކަމަށާއި، އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރު ވަނީ ލަފާ ދެއްވާފައެވެ.
އަދި އެ އަންހެން މީހާ މާލެ ގެންދިއުމަށް މިހާރު އޭނާ ވަނީ ހަނިމާދޫ އަށް ގެންގޮސްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޅުގަނޑަށް ވެއްޓުނު އަންހެން މީހާގެ އަތާއި ފައި ވަނީ ބިންދައިގެން ގޮސްފައެވެ.