ކުރީގެ ރައީސް އަދި ނާވަރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގައި ޖަލްސާގައި ލިބޭ ބްރޭކް ގަޑީގައި ރައްޔިތުންގެ އަޑު އެއްސެވުމުގައި ހަރަކާތްތެރިވެއްޖެއެވެ.

މަޖިލީހުގެ ރައީސް ނަޝީދު، މަޖިލީހުގެ ޖަލްސާގައި ލިބޭ ބްރޭކް ގަޑީގައި، މަޖިލިސް ބޭރުގައި އާއްމު ރައްޔިތަކާއި ވާހަކަދައްކަން ހުރި ފޮޓޯތަކެއް ދަނީ ޓުވިޓާގައި ދައުރުވަމުންނެވެ.

ކެލާ ދާއިރާގެ މަޖިލިސް މެމްބަރު، ވަނީ އެ ފޮޓޯތައް ހިއްސާކޮށް ރައީސް ނަޝީދަކީ އޯގާތެރި ރައީސެއް ކަމަށް ބުނެފައެވެ.

ކެލާ ދާއިރާގެ މެމްބަރު ކުރެއްވި އެ ޓުވީޓުގައި ވިދާޅުވެފައިވަނީ، މަޖިލީސް ބްރޭކް ގަޑީގައި ދިވެހިންގެ ރައީސް ނަޝީދަށް އެންމެ އާދައިގެ ދިވެހިންނާއިވެސް ބައްދަލުކުރެވޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.