ރައްޔިތުންގެ މަޖިލީހުގެ ކުންފުނިތަކާއި ބެހޭ ކޮމެޓީން، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިސްތިއުފާ ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖާބިރު ކުންފުނިތަކާއި ބެހޭ ކޮމެޓީން އިސްތިއުފާ ދެއްވީ، އެއީ ރަނގަޅު މަސައްކަތެއް ނުކުރާ މުހިންމު ކޮމެޓީއެއް ނޫން ކަމަށް ދެކޭތީއެވެ.

ޖާބިރުވަނީ އެ ކޮމެޓީން ކުރަނީ ބޭކާރު މަސައްކަތެއް ކަމަށާއި އަދި ޑްރަމާ ކަމަށްވެސް ބުނެފައެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ މިއަދު މަޖިލީހުގައި އަޑުގަދަކޮށް، އުޅެ ހެދުމުގެ ސަބަބުން ނަން އިއްވައި މަޖިލީހުން ބޭރުވެސް ކޮށްފައެވެ.

މަޖިލީހުގެ ކިންފުނިތަކާއި ބެހޭ ކޮމެޓީގައި ޖާބިރު ވަނީ އެ ކޮމެޓީގެ މުގައްރިރު ހުޅުދޫ ދާއިރާ މެމްބަރު، އިލްޔާސް ލަބީބާވެސް ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.