މ، ތ، އަދި ލ. އަތޮޅުގެ ރަށްތަކެއް ގުޅާލުމަށް ކޯޒްވޭ ހެދުމުގެ މަޝްރޫއުތައް ޑިޒައިންކޮށް، އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓަށް ބޭނުންވާ އެންވަޔަރަމަންޓަލް ކޮންސަލްޓަންސީ އާއި ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޕްލޭނިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ލ. އާއި ތ. އަތޮޅުގެ ރަށްތަކެއް ކޯޒްވޭއިން ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ.
ޕްލޭނިން މިނިސްޓްރީން މިދިޔަ ހޯމަ ދުވަހުކޮށްފައިވާ އިއުލާންގައި ބުނެފައިވާ ގޮތުން މުޅިންހެން ގުޅާލަނީ އެއް ފަޅެއްގައި އޮންނަ ރަށްތަކެކެވެ.
ރަށްތައް ގުޅާލާ ގޮތް
* ލ. ކުނަހަންދޫ - ލ. މެންދޫ ކޯޒްވޭ
* ލ. ކަލައިދޫ - ލ. ދަނބިދޫ ކޯޒްވޭ
* ލ. ހިތަދޫ - ލ. މެންދޫ ކޯޒްވޭ
* ތ. ވޭމަންޑޫ - ތ. ކިނބިދޫ ކޯޒްވޭ
* މ. މުލި- މ. ނާލާފުށި ކޯޒްވޭ
ޕްލޭނިންގް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން އެ މަޝްރޫތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް މިއަދު ބައްދަލުވުމެއް ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި އެ މަޝްރޫއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަހެވެ.