ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ ކޮމެޓީއަށް ހާޒިރުކުރަނީ ކޮން މައްސަލައަކާއި ގުޅިގެން ސުވާލުކުރަން ކަމެއް އަދި ކޮމެޓީއަކުން ހާމައެއް ނުކުރެއެވެ.

މިނިސްޓަރު އަލީ ވަހީދު ހާޒިރުކުރަން ހަމަޖައްސާފައި ވަނީ 11:00 ގައި އޮންނަ އެ ކޮމިޓީގެ ބައްދަލުވުމަށެވެ.

އެކަމާއި ގުޅޭގޮތުން މިނިސްޓަރު އަލީ ވަޙީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 2014 ވަނަ އަހަރަށް ފަހު ރަސްމީ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށް ފުރުސަތު ލިބުމަކީ އެބޭފުޅާއަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިނިސްޓަރު މިއަދު ހާޒިރުވާންޖެހޭ ކޮމެޓީއަކީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ވުމަކީ މާޒީ ހަނދާންވާން ކަމެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *