ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ފެނިވަޑައިގަންނަވާ 12 މެމްބަރެއްގެ ނަން މަޖިލީހަށް ފޮނުވާފައިވާއިރު، އޭގެތެރޭގައި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމްގެ ނަންވެސް ހިމެނިވަޑައިގަންނަވައެވެ.
ރައީސް ފޮނުއްވި ނަންފުޅުތައް:
1. ފާތިމަދު އަނޫލާ، ގ. ވަޑިނޮޅުގެ
2. އާރިފް ރަޝީދު، ބާޑްވިލާ، ބ. ތުޅާދޫ
3. ޒީނިޔާ އަބްދުﷲ، މަދޮށިމާގެ، ހއ. ބާރަށް
4. އިބްރާހިމް ޝަކީލް، ދަފްތަރު ނަމްބަރު 3654
5. އައިޝަތު އަބްދުﷲ، ރޯލްގޯލްގެ، ޅ. ހިންވަރު
6. މަރިޔަމް ޝިއުނާ، ނެދުންގެ، ސ. ހިތަދޫ
7. މުޖުތަބާ ހަމީދު، ދީފްރޮމްގެ، ރ. ކަދޮޅުދޫ
8. އަލީ އަޝްރަފު، ދަފްތަރު ނަމްބަރު 3366
9. މަރިޔަމް އަހުމަދު. ގ. ޓުރަސްޓްހޯމް
10. ނިޔާޒު އިބްރާހިމް، ބްރޫމް، ގދ. ތިނަދޫ
11. އަބްދުﷲ މިޒްއާން، ރަތްވިލާގެ، ކަނދޮޅުދޫ
12. އާދަމް ޝާމިލް، ރަތްވިލާގެ، ތ. ވިލުފުށި
އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ، އެ ކޮމިޝަންގެ މެމްބަރަކު މިމަހުގެ ތިން ވަނަ ދުވަހު އިސްތިއުފާ ދެއްވާފައިވާތީ އާއި މިހާރު ތިއްބެވި ހަތަރު މެމްބަރުންގެ، މެމްބަރުކަމުގެ މުއްދަތު މިއަހަރުގެ ސެޕްޓެމްބަރު ގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއެވެ.