މިދިއަ އަހަރު މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާ އިން ރާއްޖޭގެ 11 ދަރިވަރަކު ފަސް މާއްދާއިން މުޅި ދުނިޔޭން އެއްވަނަ ހާސިލްކޮށްފި އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެފައިވެ އެވެ.

މިދިއަ އަހަރު ސާނަވީ އިމްތިހާނުގައި ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގައި ރާއްޖޭގެ 34 ދަރިވަރަކު ހިމެނިފަވާއިރު 11 ދަރިވަރަކު ވަނީ ފަސް މާއްދާއިން މުޅި ދުނިޔޭން އެއްވަނަ ހާސިލްކޮށްފަ އެވެ. 

މީގެ ތެރެއިން ދެ ދަރިވަރަކު ވަނީ ދެ މާއްދާ އަކުން އެއް ވަނަ ހޯދާފަ އެވެ. މިދިއަ އަހަރު މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން 195 ކުއްޖަކު ރާއްޖޭގެ ގަދަ 10ގެ ތެރޭގައި ހިމެނިފައިވާއިރު އޭގެ ތެރެއިން ހަތަރު ދަރިވަރަކު ގަދަ އެއްވަނަ ހާސިލްކުރި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.