ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ބޮޑެތި ވައްކަންތަކާއި، ޖަރީމާތަކުގެ ވާހަކަ ރައްޔިތުން ނުދައްކާ ތިބީ ވަޒީފާއާއި ޖަލަށް ލާފާނެކަމުގެ ބިރަށް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރ އަދި މަޖިލީހުގެ ނައިބު ރައީސް އިވާﷲ ވިދާޅުވެއްޖެއެވެ.

ވިސްލްބްލޯ ކުރާ ފަރާތްތަކަށް ހިމާޔަތް ދިނުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަމުން އީވާ ވިދާޅުވީ، އެމްޑީޕީގެ އަމާޒަކީ ވައްކަމާއި ދެކޮޅަށް ތެދުވުން ކަމަށާއި އެއީ އެމްޑީޕީގެ އެޖެންޑަރ 19ގެ އެންމެ ބޮޑު އެއް މަޤުސަދު ކަމަށެވެ. އަދި ވައްކަމާއި ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް އަދުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްވެސް ތަކުރާރުކޮށް ހަރު އަޑުފުޅުން ވިދާޅުވެފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

އީވާ ވިދާޅުވީ، ކުރީގެ ސަރުކާރުން ހިމާޔަތް ދިނީ ވައްކަން ކުރި ފަރާތްތަކަށް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ހިމާޔަތް ދޭނީ ވައްކަން ފަޅާއަރުވާލާ ފަރާތްތަކަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އަދި ވިސްލްބްލޯ ކުރާ ފަރާތްތަކަށް ޤާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ، ކުރީ ސަރުކާރުގެ ވައްކަންތަކަކީ އެތައް ރައްޔިތުންނަށް ފެނިފައިވާ ވައްކަން ތަކެއް ކަމަށާއި، ނަމަވެސް އެ ވައްކަމުގެ ވާހަކަ އެއިރު ރައްޔިތުންނަށް ދައްކަން ނުކެރުނީ ކަމަށެވެ.

"ކުރީ ސަރުކާރުގެ ވައްކަންތަކުގެ ވާހަކަ ދައްކާ ފަރާތްތައް ހަމަ އެކަނި ދާން ޖެހުނީ ޖަލަކަށް ނޫން، ވަޒީފާއިން އެކަހެރި ކުރުމާއި މިފަދަ އެތަކެއް ފިއްތުންތަކެއް ކުރިމަތި ކުރުވި" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އެ ބިލުގެ މައިގަނޑު މަގުސަދަކީ ނޭދެވޭ އަމަލެއްގެ މައުލޫމާތު ހުށަހަޅައި ޕްރޮސީޖާ ކުރާނެ ނިޒާމެއް އެކަށައަޅައި އެކުލަވާލުން ކަމަށާއި، ވައްކަމާއި ދެކޮޅަށް ވިސްލްބްލޯކުރުމަށް ހިތްވަރު ދިނުން ކަމަށެވެ. އަދި ވިސްލްބްލޯ ކުރުމުން މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ތަހުޤީޤުކޮށް، ފިޔަވަޅު އެޅުމާއި ވިސްލްބްލޯ ކުރާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.