ކ.ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޑުގަދަކޮށް ހެދުމުން ނަން އިއްވާ މަޖިލީހުން ބޭރުކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ 9:00 ގައި ފަށާފައިވާއިރު، ޖާބިރު ވަނީ ޖަލްސާ ފެށިތަނުން ނިޒާމީ ނުކުތާއެއް ނަގައި އަޑުގަދަކޮށް ހަދާފައެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ކޯފާއިސްކޮށް އަޑުގަދަކުރަން ފެށީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭސީސީއަށް މެމްބަރުން ކަނޑައެޅުމަށް ރައީސް ފޮނުއްވި ސިޓީފުޅުގެ ވާހަކަ ދައްކަން ފެށުމުންނެވެ.

ޖާބިރު ދިޔައީ ނުރުހުން ފާޅުކޮށް މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވަމުންނެވެ. ޖާބިރު ދެއްކެވި ބައެއް ވާހަކަތަކަށް ރަނގަޅަށް ސާފެއްވެސް ނުވެއެވެ.

ޖާބިރު ވަނީ ރައީސް ނަޝީދާއި، މަޖިލީހުގެ ރައީސްކަމަށް އަރައިވަޑައިގަތުމަށް ފަހު ދައުލަތުގެ ހަޒާނާގެ ތަޅުދަނޑި ލިބުނީތޯވެސް ސުވާލުކުރައްވާފައެވެ. އެ ސުވާލު ޖާބިރު ކުރެއްވީ ނިޒާމީ މައްސަލައެއް ކަމަށް ބުނެއެވެ.

ނަމަވެސް މަޖިލީހުން އެއީ ނިޒާމީ މައްސަލައެއް ކަމަށް ބަލައިގަންފައެއް ނުވެއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެފައިވަނީ، ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ނަން އިއްވައި ބޭރުކޮށްލި ފުރަތަމަ މެމްބަރަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.