ވަރިކުރުވާ ނުވަތަ ދުރުކުރުވާ ސިހުރަކީ ސިޙުރަކީ ދިވެހީންގެ ތެރޭގައި ވަރަށް އާންމު ސިޙުރެކެވެ. އާންމުގޮތެއްގައި ވަރިކުރުވާ ސިޙުރު ހެދުމުގައި ދެމަފިރިން ކުރެ ކޮންމެވެސް އެކަކަށް ނުވަތަ ދެ މީހުންނަށް، ސިޙުރު ހަދާފައިވާ އެއްޗެއް ކާންދިނުން ނުވަތަ ދެމަފިރިން ގެ ދިރިއުޅޭ ގޭގެ އޮޅިދޮށުގައި އެއްޗެއް ވަޅުލުން/ފެން އެޅުންފަދަ ކަންކަން ހިމެނެއެވެ. ދެމީހުން މެދުގައި ކުދި ކުދި މައްސަލަަތައްޖެހި، މައްސަލަތައް ބޮޑުވެ، އެއްދާން ކުރުމުގައި އެކި ކަހަލަ އުނަދގޫތައް ދިމާވެ ދެ މީހުން ވަރިވުމަކީ އާންމުކޮށް މި ސިޙުރުގައި ކަން ހިނގާ ގޮތެވެ. ސިޙުރާ ހަވާލުވެފައި ހުންނަ ޖިންނި ބައެއްފަހަރު ބަލިމީހާގެ ހަށިގަނޑު ތެރެއަށް ވަދެއެވެ. މިހެން ވެއްޖެނަމަ އަދި އިތުރު އުނދަގޫތައް ދެމަފިރިންގެ ދިރިއުޅުމަށް ކުރިމަތިކުރުވައެވެ.
ވަރިތޮޅީގެ އަލާމަތްތަކުގެ ތެރޭގައި
- އެކަކު އަނެކަކާއި މެދު އެއްވެސް ސަބަބެއް ނެތި ޝައްކު އުފެދެން ފެށުން.
- އެކަކު އަނެކަކެއްގެ ފަރާތުން ދިމާވާ ކަމެއްގައި އެއްވެސް އުޒުރެއް ޤަބޫލުނުކޮށް ރުޅިއައުން.
- ކިތައްމެ ކުޑަކުޑަ ކަމެއްވެސް ޙައްލުކުރުމުގެ ބަދަލުގައި ބޮޑުކޮށްލައި އަރައިރުން ވުން.
- އަކަކު އަނެކަކާއި ކުރިމަތިލާ ވަޤުތު ރުޅިއައިސް ފޫހިވުން.
- އަނެކާ ކިތަންމެ ރަނަގަޅުކަމެއް ކުރިކަމުގައި ވިޔަސް އެކަމާ ޙަސަދަވެ ރުޅިއައުން.
- މި ސިޙޫރު ޖެހިފައި ހުންނަ މީހާ އޭނާއާއި ދުރުކުރުމަށް ސިޙްރު ހަދާފައިވާ ހުންނަ އަނެއް މީހާ ހުންނަ ތަނުގައި ހުންނަންވެސް ފޫހިވެ ރުޅިއައުން.
- ފިރިމީހާ ބޭރުގައި ހުންނ ވަޤުތު އަނބިމީހާ ފިރިމީހާ މަތިން ހަނދާންވެ ކައިރިއަށް ދާން ބޭނުންވުން ނަމަވެސް ފިރިމީހާ ގެޔަށް އައުމުން އަނބިމީހާ ރުޅި ގަދަވުން. ނުވަތަ ފިރިމީހާއަށް މި ގޮތަށް ދިމާވުން.
- އަނބި މީހާއަށް/ފިރިމީހާއަށް ފިރިމީހާ/އަނބިމީހާ ހުތުރު ސިފައެއްގައި ފެނުން.
- އެއްދާން ކުރާހިނދު ކުރިމަތި ފަރާތުން ދިލަ ނެގުމާއި ތަދުވުން އަދި މިކަމުގައި އެއްވެސް އަރާމެއް ނުލިބުން
- ފިރިމީހާ ޖިންސީ ގުނަވަނުގެ ބާރުދިއުން.
- އާންމުކޮށް ވަރުބަލިވެ ބޮލުގައި ރިއްސުމާއި ބިރުވެރި ހުވަފެންތައް ފެނުން.
އިސްވެ ދިޔަ އަލާމާތްތަކަކީ ވަކިވަކީވެސް ފެނިދާނެ އަލާމާތްތަކެކެވެ. އެހެންކަމުން އެފަދަ އަލާމާތެއް ފެންނަ ނަމަ އެންމެ ބުއްދިވެރި ގޮތަކީ އަވަހަށް ރުޤްޔާއިން ފަރުވާ ހޯދުމެވެ.
މަސްދަރު: ރުގްޔާ ޑޮކް ކޮމް