ފެމިލީ ކޯޓްގެ އިސް ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައިގެ އަޑުއެހުންތައް މިއަންނަ ހަފްތާ އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ގާޒީ ހަސަން ސައީދުގެ މައްޗަށް ތުހުމަތުކޮށްފައިވާ ސުލޫކީ މައްސަލައިގެ ތަހްގީގުގެ އަޑުއެހުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ. އެގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދަން ހަމަޖެއްސެވީ ގާޒީ ހަސަން ސައީދު އެގޮތަށް އެދިވަޑައިގެންނެވުމުންނެވެ.
ޖޭއެސްސީއަށް ހުށަހެޅުނު ހަސަން ސައީދުގެ މައްސަލަ ބަލާ ނިމެންދެން އޭނާ ސަސްޕެންޑު ކުރަން މިދިޔަ މަހުގެ 12 ވަނަ ދުވަހު ވަނީ ނިންމައިފައެވެ.
މީގެ ކުރިންވެސް ހަސަން ސައީދު ވަނީ ސަސްޕެންޑްކޮށްފައެވެ.