ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މާލެ ގެނެސް ފުލުހުންގެ ހެޑް ކުއާޓާސްއަށް ގެންގޮސްފިއެވެ.

ލުުތުފީ ރާއްޖެ ގެނެސްފައިވަނީ، މިރޭ 21:15 ހާއިރު، އެމިރޭޓްސްގެ އީކޭ-653 ފްލައިޓުންނެވެ. ލުތުފީ ރާއްޖެ ގެނެސްފައިވަނީ ފުލުހުންގެ ހާއްސަ ޓީމެއްގެ ބެލުމުގެ ދަށުންނެވެ.

ފުލުހުން ވިދާޅުވެފައިވަނީ، ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު ލުތުފީ ކަރެކްޝަންސްއާއި ހަވާލުކުރާނެ ކަމަށެވެ.

ލުތުފީ އޭނާގެ ހުކްމު ތަންފީޒުކުރަން ގެންދާނީ މާފުށީ ޖަލަށް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ލުތުފީ ރާއްޖެ ގެނައުމުން އެސަރަހައްދަށް އެއްވެ ގިނަ ދިވެހިން ވަނީ އޭނާއާއި ދެކޮޅަށް އަޑު އުފުލައި ނުރުހުން ފާޅުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.