1988 ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ އިންމެ އިސް މޭސްތިރި ހ ހާޖަރާގޭ އަބްދުﷲ ލުތުފީ ރާޢްޖެ ގެނެސްފިއެވެ.
ހާޖަރާގެ ލުތުފީ މިރޭ ރާއްޖެ ގެނެސްފައިވަނީ ފުލުހުންގެ ހާއްސަ ޓީމެއްގެ ބެލުމުގެ ދަށުންނެވެ.
ލުތުފީ ރާއްޖެ ގެނެސްފައިވަނީ، އެމިރޭޓްސްގެ އީކޭ 653 ފްލައިޓަކުންނެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ލުތުފީ މިރޭ ރާއްޖެ ގެނައުމަށް ފަހު، ފުރިހަމަ ކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަ ކޮށްފައި ކަރެކްޝަންސްއާއި ހަވާލުކުރާނެ ކަމަށެވެ.
ލުތުފީ ރާއްޖެ ގެނައި އީކޭ ފްލައިޓުން މިރޭ 21:10 ހާއިރެވެ.
ލުތުފީ މިހާރު ދަނީ ފުލުހުންގެ ބެލުމުގެ ދަށުން މާލެ ގެންނަމުންނެވެ. ޓާމިނަލުން ނެރި، ލުތުފީ ފުލުހުންގެ ވެހިކަލަށް އެރުވިއިރު އެ ސަރަހައްދުގައި އެއްވެ ތިބި އާއްމުން ވަނީ ލުތުފީ އާއި ދޭތެރޭ ނަފްރަތާއި ނުރުހުން ފާޅުކޮށްފައެވެ.