މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބާއި ނާއިބު ރައީސް ފާޠިމަތު ޒައިނާ އެކޮމިޝަނުން ވަކިކުރުމަށް، އެ މައްސަލަ ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކުޑަ ކޮމިޓީން ނިންމައިފިއެވެ.

ބްރޯޑްކޮމްގެ ވަކިވަކި މެންބަރުންގެ މައްސަލަތަކެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އަންނަނީ ބަލަމުންނެވެ. 

މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު "ޕީއެސްއެމް ނިއުސްއަށް" މަޢުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ، ބްރޯޑްކޮމްގެ ރައީސާއި ނާއިބު ރައީސް ކޮމިޝަނުން ވަކިކުރަން އެކޮމިޓިން ނިންމައި ބޮޑުކޮމިޓީއަށް މިޙާރު ފޮނުވާފައިވާކަމަށެވެ. މެންބަރު ވިދާޅުވީ ބްރޯޑްކޮމްގެ ރައީސާއި ނާއިބު ރައީސް އެމަޤާމުތަކުގައި ތިއްބެވުމަށް ޝަރުތު ހަމަނުވާކަމަށް ކޮމިޓީއަށް ފެންނަކަމަށް ފާސްކޮށްފައިވާކަމަށެވެ. 

ބްރޯޑްކޮމްގެ މެންބަރުން ޙާޒިރުކޮށް މައްސަލަތައް ބަލާ ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދަނީ މީޑިޔާތަކަށް ސިއްރުކޮށްގެނެވެ.

ބްރޯޑްކޮމްގެ މެންބަރުންގެ މައްސަލަތައް މަޖިލީހުގެ ކޮމިޓީން ބަލަމުން އަންނަނިކޮށް އެ ކޮމިޝަންގެ މެންބަރު އިސްމާޢީލް ޞަފްވާނާއި، ޙަސަން ނަބާޙު ވަނީ މެންބަރުކަމުން އިސްތިއުފާދެއްވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.