މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލޭގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުސް އޮފީހުން މިއަދު ބުނީ އެ ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތުގައި އުމުރުން 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއި 22 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން ކުއްޖާ ރޭޕްކުރީ 22 އަހަރުގެ ފިރިހެންމީހާގެ ގޭގަ އެވެ.

ފަހަކަށް އައިސް މާލެ އާއި އެހެން ބައެއް ރަށްރަށުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ރިޕޯޓު ކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.