ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުން ޖާގަ ހޯދައިފައިވާ އެމެރިކާގެ ޓެކްސަސްއަށް ނިސްބަތްވާ ބިލިއަނަރު، ހެންރީ ރޮސް ޕެރޮޓު މަރުވެއްޖެއެވެ.
ޕެރޮޓު މަރުވެފައިވަނީ، އުމުރުން 89 އަހަރުގައެވެ. ޕެރޮޓު ވަނީ ދެ ފަހަރެއްގެ މަތިން އެމެރިކާގެ ރައީސްކަމަށްވެސް ކުރިމަތިލާފައެވެ. އެގޮތުން 1992 ވަނަ އަހަރާއި 1996 ވަނަ އަހަރު އޭނާ އެމެރިކާގެ ރައީސްކަމަށް ކުރިމަތިލިއެވެ.
ޕެރޮޓަކީ އިލެކްޓްރޯނިކްސް ސާމާނު ވިއްކާ މައި ކުންފުންޏެއްކަމަށްވާ "ޖެއިންޓް އިލެކްޓްރޯނިކް ޑޭޓާ ސިސްޓަމް ކޮޕަރޭޝަން"ގެ ފައުންޑަރވެސް މެއެވެ.
ޕެރޮޓް މަރުވިއިރު އޭނާގެ މިލްކިއްޔާތުގައި 4.1 ބިލިއަން ޑޮލަރު އެބަހުށްޓެވެ.