ވިޔަފާރި އުސޫލުން އެސައިންމެންޓް ހަދައިދިނުމާއި ޓެސްޓްތަކުގައި މަކަރު ހެދުމަށް އެހީތެރިވެދޭ މީހުންނަށް ހަރުކަށި އަދަބު ލިބޭނެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް އޮސްޓްރޭލިއާގައި ފަށައިފިއެވެ.

އޮސްޓްރޭލިއާގެ ފެޑެރަލް ސަރުކާރުން ޑްރާފްޓްކުރަމުން ގެންދާ ގާނޫނުގައި މިހާރު ލިޔެފައިވާ ގޮތުގައި ކިޔަވާ ކުދިންނަށް މަކަރު ހަދަން އެހީތެރިވެދޭ ފަރާތްތަކަށް 2 އަހަރުގެ ޖަލު ހުކުމަކާއި އެކު 210،000 އޮސްޓްރޭލިޔާ ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެއެވެ. 

އޮސްޓްރޭލިޔާގެ އެޑިއުކޭޝަން މިނިސްޓަރ ޑެން ތެހާން ބުނެފައިވާ ގޮތުގައި އިމްތިހާނުތަކުގައި ގުޅިގެން މަކަރު ހެދުމުގެ ކަންތައް ބޮޑުވެ އޮސްޓްރޭލިޔާގެ ތައުލީމީ ނިޒާމުގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭ ހިސާބަށް ކަންތައް ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ. 

އޮސްޓްރޭލިޔާ ސަރުކާރުން އިމްތިހާނުތަކުގައި މަކަރު ހެދުމަށް އެހީތެރިވުން ހުއްޓުވުމަށް މަސައްކަތް ފެށިއިރު އެ ގައުމުގައި 30 ޑޮލަރަށް ވެސް އެސައިންމެންޓް ހަަދައިދޭ ވެބްސައިޓްތައް ހުރެއެވެ. 

އަލަށް އެކުލަވާ ގާނޫނުގެ ދަށުން މަކަރު ހެދިކަން ސާބިތުވިޔަސް ކިޔަވާ ކުދިން ޖަލަށް ދާކަށް ނުޖެހޭނެއެވެ. ޖަލު ހުކުމާއި ކުރިމަތިލާން ޖެހޭނީ މަކަރު ހެދުމަށް އެހީތެރިވެދޭ ފަރާތްތައް އެކަންޏެވެ. 

ވިޔަފާރި އުސޫލުން އެސައިންމެންޓް ހަދައިދިނުމަކީ ރާޢްޖޭގައި ވެސް ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އެގޮތުން އެސައިންމެންޓްތައް ފުރިހަމަކޮށްދިނުމުގެ ޚިދުމަތްދޭ އެތައް ބަޔަކު ސޯޝަލް މީޑިޔާގައި ޕޭޖްތަކާއި ގްރޫޕްތައް ވެސް ހިންގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.