ހާޖަރާގެ ލުތުފީ މިރޭ ރާއްޖެ ގެންނަ ގޮތައް ހަމަޖެހިއްޖެއެވެ.

ފުލުހުން ވިދާޅުވީ، 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ، ހ. ހާޖަރާގެ އަބްދުﷲ ލުތުފީ އެމިރޭޓްސް ފްލައިޓް  (އީކޭ365) އިން މިރޭ 21:30 ގައި ފުލުހުންގެ ޓީމެއްގެ ބެލުމުގެ ދަށުން ރާއްޖެ ގެނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަބްދުﷲ ލުތުފީއަކީ 3، ނޮވެންބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން  ނިރުބަވެރި ހަމަލާގެ އެންމެ އިސް މޭސްތިރިޔާއެވެ.

ލުތުފީ ފިލާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 16 ޖެނުއަރީ، 2010 ގައި ބޭސްފަރުވާއަށް އިންޑިއާއަށް ފޮނުވާލުމުންނެވެ. އޭގެ ފަހުން މިއަދާ ހަމައަށްވެސް ލުތުފީ ދިރިއުޅެމުން އައީ ސްރީލަންކާގައެވެ. ނަމަވެސް ލަންކާއަށް ދާދި ފަހުން ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން 1 މެއި 2019 ގައި ލުތުފީ ވަނީ އަމިއްލައަށް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ހަވާލުވެފަ އެވެ. ނަމަވެސް ލުތުފީ އެމްބަސީގައި ހުރި ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެކަން ސަރުކާރުން ހާމަ ކުރީ އޭގެ ދެ މަސް ފަހުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން ފަޅާ އަރުވައިލުމުންނެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދިވެހިންގެ ބަޔަކު އިސްވެތިބެ ލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު  ޝަހީދުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ލުތުފީއަަށް ދުވަހަކުވެސް މާފެއް ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ލުތުފީ މިހާތަނަށް ޖަލު ހުކުމް ތަންފީޒުކޮށްފައި ވަނީ 21 އަހަރެވެ. އެހެންކަމުން މާފު ނުދެއްވައިފިނަމަ އޭނާ އަދި ހަތަރު އަހަރު ޖަލުގައި ހޭދަކުރަން ޖެހޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.