ޝަހީދު ހުސެއިން އާދަމް ބިލްޑިންގ ގައި ހުންނަ ފުލުހުންގެ ކާގޭގައި(މެސް ރޫމް) މީދާ އުޅޭ ވީޑިއޯއެއް އާއްމުވެފައިވާއިރު އެއީ ކުރީގެ ވީޑިއޯއެއް ކަމަށް ފުލުހުން ބުނެފިއެވެ.

"ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދައުރުވަމުން ދަނީ މިއަހަރުގެ ކުރީކޮޅުގައި ޝަހީދު ހުސެއިން އާދަމް ބިލްޑިންގ ގައި ހުންނަ ފުލުހުންގެ ކާގޭގައި(މެސް ރޫމް)ގައި މީދާ އުޅޭ ވީޑިއޯއެއް ކަމަށެވެ.

އަދި އެކަމާއި ގުޅިގެން އެ ދުވަސްވަރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ފުލުހުންގެ ހުރިހާ މެސްރޫމްތަކެއްގެ ސާފުތާހިރުކަން ކަށަވަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ގައި ބޮޑު ދެ މީދާ ކާގޭގައި ހުރި ކާތަކެތީގެ މަތިން ދުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.