ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުއަށް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފިއެވެ.
އާޒިމާއަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ މައްސަލައިގަ ކޮށްފައިވާ ދައުވާގެ އަޑުއެހުންތައް ފެށުމަށެވެ.
އަޒީމާގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުންތައް ނުފެށި ލަސްވީ އޭނާއަށް ކޯޓަށް ހާޒިރުވާން ޗިޓް ނުފޮނުވިގެންނެވެ. އެދުވަސްވަރު އާޒިމާ ހުރީ ރާއްޖެއިން ބޭރުގައެވެ.
ކުރީގެ ރައީސް ޔާމީންއަށްވެސް ވަނީ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވާފައެވެ.