ޅ. ނައިފަރު ސޮފީ ނަމަކަށް ކިޔާ ފިހާރައެއްގެ ލައްކައަކަށް ވުރެ ގިނަ ރުފިޔާއަށް އެ ފިހާރައިގައި ކޭޝިއަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ އަންހެނަކު ހިޔާނަތްތެރިވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ އަންހެން މީހާ ވަނީ ފާއިތުވި ހަ މަސް ދުވަހު ފިހާރައިގެ ފައިސާއަށް ހިޔާނާތްތެރިވެފައެވެ.
އަދި ކޮންމެ ދުވަހަކު 400ރ އާއި 700ރ އާއި ދެމެދުގެ އަދަދެއް ފައިސާ ފިހާރައިން ވަގަށް ނަގާ ކަމަށް ފުލުހުންގެ ކުރިމަތީގައި އެ އަންހެން މީހާ އިއުތިރާފުވެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ އަންހެން މީހާ ހައްޔަރުކުރިކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ޔަޤީންކޮށްދީފައެއް ނުވެއެވެ.