މިއަންނަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުވާން ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް ޗިޓް ފޮނުވައިފިއެވެ.

ކުރީގެ ރައީސް ޔާމީންއަށް ޗިޓް ފޮނުވާފައިވަނީ، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގް މައްސަލައިގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވުމަށެވެ.

އެބޭފުޅާއަށް ޗިޓް ފޮނުވާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި ކްރިމިނަލް ކޯޓަށް ހާޒިރުވުމަށެވެ.

ރައީސް ޔާމިންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގް މައްސަލައިގަ މިހާރު ކުރިއަށް ދަނީ، އިބްތިދާއީ އަޑުއެހުންތަކެވެ. އެންމެ ފަހުން މައްސަލާގައި އަޑުއެހުމެއް ބޭއްވީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.