އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަންގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 38 މުވައްޒަފަކު ބައިވެރިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން ހެދި ހާއްސަ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން ސުވާލުކުރުމަށް މިއަދު އޭސީސީގެ މެންބަރުން ވަނީ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކޮށްފަ އެވެ.

އެ ކޮމެޓީގައި އަމާޒުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ޗެކުތައް އެސްއޯއެފްގެ އެކައުންތަކަށް ޖަމާކޮށްފައިވަނީ ބީއެމްއެލްގެ މުވައްޒަފުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮވެގެން ކަމަށާއި. އެކަމުގައި ބޭންކްގެ އެންމެ ދަށް ފަންތީގެ މުވައްޒަފުންނުން ފެށިގެން މެނޭޖުމެންޓާއި ބޯޑް މެންބަރުން ވެސް ޝާމިލުވި ކަމަށެވެ. އަދި އެ ބޭންކުގެ 38 މުވައްޒަފުންނާ މިކަމުގައި ސުވާލުކޮށް ބަޔާން ނަގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ

އޭސީސީގެ ރައީސް މުއައްވިޒު ވިދާޅުވީ އެސްއޯއެފްގެ އެކައުންޓަށް ބީއެމްއެލްއިން ޗެކްތައް ޖަމާކޮށްފައިވަނީ އެންޑޯސްމަންޓް ފުރިހަމަ ނުވަނީސް ކަމަށެވެ.  ނަމަވެސް އެކަން ބީއެމްއެލުން ދޮގުކުރެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތަކީ މިހާތަނަށް ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.