ގދ. ތިނަދޫގައި އުމުރުން އަށާރުން ދަށުގެ ފިރިހެން ކުއްޖަކު ބިޔަ ފިތުރޯނު ގަހެއްގެ ބުނޑުގައި ނިދާފައި އޮތް ކަމަށް ފެންނަ ވީޑިއޯއަކީ ކުޅެފައިވާ ވީޑިއޯއެއް ކަމަށާއި، އެކަން ކުރީ ޕަބްޖީ ކުޅޭތީ އެ ކުއްޖާގެ ބައްޕަ ފޯނު އަތުލުމުން ކަމަށް ކުއްޖާ އަމިއްލައަށް އިއުތިރާފުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީސް މީޑިއާގައި އާންމުވި ވީޑިއޯ އާއި ފޮޓޯތަކަކީ އެ ކުއްޖާ  ނަމާދު ނުކޮށް އަބަދު ޕަބްޖީ ކުޅޭތީ އެކަމާ ހިތްހަމަ ނުޖެހި އޭނާގެ ފޯނު ބައްޕަ އަތުލުމުން އެކަމުގެ ރުޅީގައި ރަހްމަތްތެރިންނާއިއެކު ކުޅުނު ވީޑިއޯއެކެވެ.

އެކަން އެ ކުއްޖާ ވަނީ ޖެންޑަރ މިނިސްޓަރުންގެ އޮފިސަލުންނާއި އެ ކުއްޖާގެ ބައްޕެގެ ކުރިމަތީގައި އިއުތިރާފުވެފައެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލަ ބެލި ބެލުމުގައި ޖިނާއީ މައްސަލައެއް ފާހަގަ ނުކުރެވޭ ކަމަށާއި  ކުއްޖާ ވަނީ މިހާރު ބައްޕައާއިއެކު ގެއަށް ގޮސްފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.