ސަރުކާރުން ހިންގި ތިން މަޝްރޫއުއަކާއި ގުޅޭ ފައިސާތަކެއް ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވިކަމަށް ތުހުމަތު ކުރެވޭތީ އެމައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓްތަކާ ގުޅޭ ގޮތުން، އޭސީސީގެ ވެރިން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރައްވައި މިއަދު ވަނީ ސުވާލުކޮށްފައެވެ.

މާލިއްޔަތު ކޮމެޓީގެ މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން، އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތައް ބަލައި ދިރާސާކުރިއިރު ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް އެސްއޯއެފްއިން އެއް މިލިއަން ޑޮލަރު ޖަމާކުރިކަން ހާމަވި ކަމަށެވެ.

މުއައްވިޒު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ހުރިހާ ބޭންކް އެކައުންޓްތަކެއްގެ ތަފްސީލްތައް އޭސީސީއަށް މިހާރު ލިބިފައިވާ ކަމަށެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މުއައްވިޒު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން 158 ފަރާތަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވި ކަމަށެވެ.

މުއައްވިޒު ފާހަގަ ކުރެއްވި ގޮތުގައި ރައީސް ޔާމީންގެ އެކައުންޓްތަކަށް ގިނަ އަދަދެއްގެ ނަގުދު ފައިސާ ވަނީ ޖަމާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.