ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ތަހުގީގު ކޮމެޓީތަކުގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ޖޭއެސްސީ އިން ކުރި އިއުލާނެއްގައި ވަނީ ކޮމިޝަނުގެ ތަހުގީގު ކޮމެޓީތަކުގައި ކޮމިޝަނުގެ މެންބަރުން ނޫން ފަރާތްތައް ހިމެނުމަށް ނިންމާފައިވާތީ، އެކޮމިޝަނުގެ މެންބަރު ކަމަށްވާން ހުޅުވާލާ ކަމަށާއި، އެގޮތުން އެލަވަންސެއްގެ ގޮތުގައި ކޮންމެ ދޮޅުގަޑިއިރުގެ ބައްދަލުވުމަކަށް 500 ރުފިޔާ ލިބޭނެކަމަށެވެ. އަދި އެއަށްވުރެ އިތުރުވާނަމަ އިތުރު 500 ރުފިޔާ ލިބޭނެ ކަމަށްވެސް އިއުލާންގައިވެ އެވެ.

އެމަގާމުގެ ޝަރުތުތައްް:

  • މުސްލިމަކު ކަމުގައި ވުން
  • ދިވެހި ރައްޔިތަކަށް ވުން
  • އުމުރުން 35 އަހަރު ފުރިފައިވުން
  • ކުށެއްކޮށްގެން ހުކުމެއް އިއްވާފައިވާ މީހަކަށް ނުވުން
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކަށް ނުވުން
  • ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެމްބަރަކަށް ނުވުން
  • ބުއްދި ސަލާމަތުން ހުރުން

މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކުރިން ފަނޑިޔާރުކަން ކޮށްފައިވާ ފަރާތްތަކާއި ގާނޫނީ ވަކީލުންނާއި ތަހުގީގު އިދާރާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށްވެސް އިއުލާންގައިވެ އެވެ.

މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޖޭއެސްސީގެ ތަހުގީގު ކޮމެޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.