ސުޕްރީމް ކޯޓުގެ ބެންޗު ހަތަކަށް އިތުރުކުރާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގަންފިއެވެ.

އެ އިސްލާހު މަޖިލީހަށް ބަލައިގަތީ ވޯޓްގައި ބައިވެރިވި 72 މެމްބަރުންގެ ވޯޓުންނެވެ.

ފަނޑިޔާރުންގެ އަދަދު ހަތަކަށް ހެދުމަށް ސަރުކާރުގެ ފަރާތުން ކޯޓުތަކާ ބެހޭ ގާނޫނަށް ބިލު ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. 

ޒިމް ހުށަހަޅުއްވައިފައި ވަނީ 2010 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު، ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ކަނޑައެޅި ގޮތަށް ރުޖޫއަކޮށް، ހަތް ފަނޑިޔާރުންނަށް ބަދަލުކުރުމަށެވެ.

ސުޕްރީމް ކޯޓު އުފެއްދީ ހަތް ފަނޑިޔާރުންގެ ބެންޗަކާއެކު ނަމަވެސް 2014 ވަނަ އަހަރު ބެންޗުގެ އަދަދު ވަނީ ފަހަކަށް މަދުކޮށްފައެވެ. 

އެ އިސްލާހަށް އަމަލު ކުރަން ފަށާނީ ރައީސް ތަސްދީގު ކުރައްވައި އެ ގާނޫނު ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށް ވެސް އަލީ އާޒިމްގެ ބިލްގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *