ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެމުން އަންނަ އިނާޔަތް ބޮޑު ކުރަން ގާނޫނަށް ހުށަހެޅި އިސްލާހަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިން ދެކޮޅު ހަދައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގާނޫނަށް، އިސްލާހު ހުށަހެޅުއްވީ، ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ.

އިސްލާހުގައި ވަނީ، 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ބޮޑު ކުރާށެވެ. 

އެ ގާނޫނަށް ގެނައި އިސްލާހަށް އެމްޑީޕީގެ މެމްބަރުންގެ ދެކޮޅު ހެދި ނަމަވެސް، ޕީއެންސީ އާއި ޕީޕީއެމްގެ މެމްބަރުންވަނީ އެ ގާނޫނަށް ތާއީދުކޮށް ބަހުސްކުރައްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑު ކުރަން ނާޒިމް ހުށަހެޅުއްވި އިސްލާހަށް އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އެ މެމްބަރުން ވިދާޅުވި ގޮތުގައި ސަރުކާރާ މަޝްވަރާ ނުކޮށް ހުށަހެޅި ބިލަކީ މާލީ ގޮތުން ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.