ހުޅުމާލޭ ސިނާއީ ސަރަހައްދުން ބަނގުރާފުޅިތަކެއް ފުލުހުން ހޯދައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެ ބަނގުރާ ފުޅިތައް އަތުލައިގަތީ، ނިމިދިޔަ އާދިއްޔަ ދުވަހެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ހިންގި އެ އޮޕަރޭޝަންގައި، އަދި މީހަތަނަށް އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށެވެ.

ފުލުހުން ވަނީ މީގެކުރިންވެސް އެތައް ފަހަރަކު ހުޅުމާލެ އަށް އެތެރެކުރަން މަސައްކަތް ކޮށްފައިވާ ބަނގުރަލާއި މަސްތުވާތަކެތި އަތުލައިގަނެފައެވެ.

ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.