ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގް މައްސަލައިގެ އަޑުއެހުމެއް މި ބުރާސްފަތި ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގް މައްސަލައިގަ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އޭޕްރީލް މަހުގައެވެ.

އެދުވަހު ބޭއްވި ޝަރީއަތުގައި ޔާމީންއާއި ދެކޮޅަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފައެެވެ. އޭގެތެރޭގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ ޔާމީންއާއި ދެކޮޅަށް ހެކި ހުށަހަޅާފައެވެ.

މަނީ ލޯންޑަރިންގްގެ، މައްސަލައިގަ ޔާމީން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ކުރިން އަމުރު ކުރިނަމަވެސް ފަހުން، އެހުކުމް ވަނީ ހައި ކޯޓުން ބާތިލްކޮށްފައެވެ.

ކުރީގެ ރަައީސް ޔާމީންގެ މައްޗަށް ކުރާ އެ ދައުވާއަކީ، އެބޭފުޅާގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން ޖަމާކުރި އެއް މިލިޔަން ޑޮލަރުގެ މައްސަލައިގެ ދައުވާއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.