ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ގެ ބާރުތައް ސުޕްރީމް ކޯޓުން ހަނި ކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅަައިފިއެވެ.
އެ ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާނު މަހްމޫދެވެ.
މެމްބަރު ޖީހާން ވަނީ މަޖިލީހަށް ހޮވިވަޑައިގެންނެވުމުގެ ކުރިން އެޗްއާރްސީއެމްގެ މެމްބަރެއް ކަމުގެ މަގާމުވެސް ފުރުއްވާފައެވެ. ޖީހާން ވަނީ، ސުޕްރީމް ކޯޓުން އެޗްއާރުސީއެމްގެ މައްޗަށް ސޫމޯޓޯ މައްސަލަ ހިންގިއިރު އެކޮމިޝަނުގެ މެމްބަރުކަން ކުރައްވާފައެވެ.
އެ ގަރާރަކީ 2014 ވަނަ އަހަރު އެޗްއާރްސީއެމުން ނެރުނު ރިޕޯޓެއްގެ ސަބަބުން ސުޕްރީމް ކޯޓުން ސޫމޯޓޯ މައްސަލައެއް އެޗްއާރްސީއެމް ގެ މައްޗަށް ހިންގާ، އެ ކޮމިޝަނުގެ ބާރުތައް ނިގުޅައިގަނެފައި ވާތީ، ގާނޫނު އަސާސީ އާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ އެއް ގޮތަށް އެޗްއާރްސީއެމުން މަސައްކަތް ކުރެވޭނެ ބާރުތަކާއި މިނިވަންކަން އަލުން ދިނުމަށް އެދި ހުށަހަޅާފައިވާ ގަރާރެކެވެ.
އެ ގަރާރަށް މަޖިލީހުގައި ބަހުސް ކުރެއްވިއިރު، މެމްބަރުން ވަނީ ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުކިޔުއްވާފައެވެ.