އުމުރުން އަށާރަ އަހަރު ނުފުރޭ ފިރިހެން ކުއްޖަކަށް އަނިޔާކޮށް ގެއިން ނެރެ އެއްލާލުމުން ބިޔަ ފިތުރޯނު ގަހެއްގެ ހިޔަލުގައި އޮތް މައްސަލައެއް ޖެންޑަރ މިނިސްޓްރީން ބަލަން ފަށައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އެ ކުއްޖާ ފެނިފައިވަނީ މަގެއްގެ އަރިމަތީ ހުރި ބިޔަ ފިތުރޯނު ގަހެއްގެ ބުޑުގައި އޮއްވާ އާއްމުންގެ މީހަކަށެވެ.

މިފަދަ މައްސަލައެއް ޖެންޑަރ މިނިސްޓްރީއިން ބަލަމުންދާ ކަމަށް އެ މިނިސްޓަރީން ކަށަވަރުކޮށްދެއްވި ނަމަވެސް އެ މައްސަލައާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެެއެވެ.

މި މައްސަލައާއި ގުޅިގެން "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ނަމަވެސް ފުލުހުން ބެލިބެލުމުން އެ މައްސަލައިގައި ޖިނާއީ މައްސަލައެއް ނެތް ކަމަށާއި، އެ ކުއްޖާ މިހާރު ވަނީ ބައްޕައާއި އެކު ގެއަށް ގޮސްފައި ކަމަށެވެ.

ފަހަކަށް އައިސް ކުޑަކުދިންނާއި ގުޅޭ އިހުމާލުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.