މިއަހަރުގެ ވޭތުވެ މިދިޔަ ހަމަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ދައުލަތުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ފުލުހުންނާއި ގުޅުން ހުރި މައްސަލަތަކުގައި ކަމަށް ބަންޑާރަނައިބުގެ އޮފީހުގެ ތަފާސް ހިސާބިތަކުން ދައްކައިފިއެވެ.

ބަންޑާރަ ނައިބު އޮފީހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި ފުލުހުންނާއި ދެކޮޅަށް ހުށަހަޅާފައިވާ 22 މައްސަލައެއްގައި ވަނީ ދައުލަތާއި ދެކޮޅަށް ހުށަހަޅާފައެވެ.

އެންމެ ގިނައިން ފުލުހުންނާއި ދެކޮޅަށް މައްސަލަތައް ހުށަހަޅާފައިވާއިރު، ދެވަނަ އަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޑިފެންސް މިނިސްޓްރީއާއި ދެކޮޅަށެވެ. އެއީ 11 މައްސަލައެކެވެ. އަދި މީގެއިތުރުން އިކޮނޮމިކް މިނިސްޓްރީ އަދި ހައުސިންގް މިނިސްޓްރީއާއި ދެކޮޅަށް ވަނީ 9 މައްސަލައެއް ހުށަހަޅާފައެވެ.

ވޭތުވެދިޔަ ހަމަހު ދައުލަތުގެ މައްޗަށް އެންމެ ގިނައިން ދައުވާ އުފުލާފައިވަނީ ފުލުހުންގެ ވަޒީފާގެ މައްސަލަތަކުގައި ކަމަށް ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ބަނޑާރަނައިބުގެ އޮފީހުން މިއަދު އާއްމުކުރި ވޭތުވެދިޔަ ހަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފުލުހުންގެ 22 މައްސަލައެއްގައި ދައުލަތާ ދެކޮޅަށް ދައުވާކޮށްފައިވެއެވެ. ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވީ، އެ ހުރިހާ މައްސަލައަކީވެސް ވަޒީފާއާ ގުޅޭ މައްސަލަތައް ކަމަށެވެ.

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ބަންޑާރަނައިބުގެ އޮފީހުން 167 މައްސަލައެއްގައި ވަނީ ވަކާލާތުކޮށްފައެވެ. އޭގެތެރެއިން 22 މައްސަލައެއް ވަނީ ކޯޓަށް ހުށަހަޅާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.