ޝަފީއު ގެއްލުނު މައްސަލަ ތަހްގީގު ކުރުމަށް ވީނުއީއެއްނޭގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ ޓީމެއް ފުވައްމުލަކުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
ޝަފީއު ގެއްލިފައިވަނީ 14 ޖުލައި 2017 ގައެވެ. އަދި އެދުވަހު އޭނާ ގެއްލުމަށް ފަހު އަދި މީހަތަަނަށްވެސް އޭނާގެ އެެއްވެސް ހަބަރެއް ނުވެއެވެ.
ޓްވީޓާގައި މީހަކު ވަނީ އެ މައްސަލަ ބަލައިދިނުމަށް ފުލުހުންގެ ކިބައިން އެދިފައެވެ. އެ ޓުވީޓާއި ގުޅިގެން، ގެއްލުވާލާފައިވާ މީހުންނާއި، މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުންކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، އެކޮމިޝަނުގެ ތަހުގީގު ޓީމެއް، އެ މައްސަލަ ބެލުމަށްޓަަކައި ފުވައްމުލަކުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ޝަފީއު ގެއްލިފައިވަނީ، ވަޒީފާގައި އުޅެފައި ޗުއްޓީއަށް ރަށަށް ގޮސްފައި ހުއްޓައެވެ. ޝަފީއު ގެއްލުމާއި ހަމަޔަށް ވާޒީފާ އަދާ ކުރަމުން އައީ އަންގާގާ ރިސޯޓުގެ ރޫމް އެޓެންޑެންޓެއްގެ ގޮތުގައެވެ.
ޝަފީއު ހޯދުމަށް އޭނާ ގެއްލުނު ދޫޑިގަމް އަވަށާއި އެ ސަރަހައްދުގެ މޫދުގެ ބޮޑު ބައެއް ވެސް އެމްއެންޑީއެފް އިން ވަނީ ބަލައިފައެވެ.