މޯލްޑިވްސް ކަސްޓަމްސް ސާރވިސްއަށް ދެ ޑެޕިއުޓީ ކޮމިޝަނަރުން އައްޔަނުކޮށްފިއެވެ.
އިއްޔެ ކަސްޓަމްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޑެޕިއުޓީ ކޮމިޝަނަރުންގެ މަގާމަށް އައްޔަނުކޮށްފައިވަނީ މުހައްމަދު މާނިއު އާއި އަބްދުﷲ ޝަރީފްއެވެ.
ކަސްޓަމްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޑެޕިއުޓީ ކޮމިޝަނަރުންގެ މަގާމަށް އައްޔަނުކޮށްފައިވަނީ މުހައްމަދު މާނިއު އާއި އަބްދުﷲ ޝަރީފްއެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ލިޔުމާއި ބެޖް ހަވާލުކޮށްދެއްވީ، ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާންއެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުންގެ މަގާމަށް އައްޔަނުކުރި ދެ ބޭފުޅުންނަކީވެސް ވަރަށް ގިނަ ދުވަސް ވަންދެން ކަސްޓަމްސްއަށް ހިދުމަތް ކުރައްވާފައިވާ ދެ ބޭފުޅުންނެވެ.